ENGLISH
05 ޖުލައި 2025
ހޯމަ ދުވަހާ ހަމައަށް ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް
04 ޖެނުއަރީ 2025
|
މާލެ އަށް ރޭ ވެހުނު ބޯ ވާރޭގައި މާފަންނުކޮޅުން ފެން ބޮޑުވެފައިވާ މަގެއްގައި ބަޔަކު ސައިކަލް ދުއްވާފައި ދަނީ.---ފޮޓޯ: މިހާރު
މި ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް މެޓް އޮފީހުން މިއަދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ހޯމަ ދުވަހާ ހަމައަށް ވިއްސާރަކުރާނެއެވެ.
ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި އިއްޔެ މާލެ ސިޓީގެ މަގުތަކުން ޖުމްލަ 30569 ޓަނުގެ ފެން ޕަމްޕް ޖަހައިގެން ބޭރުކޮށްފައިވާ ކަމަށް މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއެވެ. މި ފަހުގެ ތާރީޚެއްގައި މިހާ ބޯކޮށް މާލެއަށް ވާރޭ ވެހިފައެއް ނުވެއެވެ.
ވިއްސާރައިގެ ސަބަބުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެއެވެ.
ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ރައްޔިތުންނަށް ވެފައިވާއިރު، ސަރުކާރުން ވަނީ ގެއްލުންވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފައްޓަވައިފައެވެ.