ENGLISH
21 އޭޕްރީލު 2025
ކަނޑު އާދައިގެ ވަރަކަށް ގަދަ، ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވޭ: މެޓް
04 ޖެނުއަރީ 2025
|
ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މޫސުން މަޑުމަޑުން ރަނގަޅުވާނެކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެން ނަމަވެސް އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓު އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވީ، ދެކުނުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރު ކުރިޔަސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން މިއަދު އުޅޭނެ ކަމަށް ލަފާކުރަނީ 4-6 ފޫޓާ ދެމެދުގައި ކަމަށާއި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާ އިން ވިދާޅުވިއެވެ.
ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށާ އަަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ޅ. އަތޮޅުން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ މުޅި ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހުނީ މާލެ ސަރަހައްދަށެވެ. ހުޅުލެއަށް 144 މިލިމީޓަރު، މާލެއަށް 142.6 މިލިމީޓަރު އަދި ހުޅުމާލެއަށް 122 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މިއީ މާލެއަށް މިފަހަކަށް އައިސް އެންމެ ބޯކޮށް ވާރޭ ވެހުނު ދުވަހެވެ.