ENGLISH

21 އޭޕްރީލު 2025

Advertisement

ވިއްސާރައިގައި ލިބުނު ގެއްލުންތައް ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ: އާދަމް ޝަރީފް

04 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބޭ ގެއްލުންތައް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ގާތުން ބައްލަމުން ގެންދަވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަރަށް ގާތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، ވިއްސާރަ އާއި އުދަ އެރުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާއި ކުރިމަތިވަމުންދާ ތަކުލީފުތައް ބައްލަވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަދި ކ. ހިންމަފުށީގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްގެ ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވަމުން ދިޔަ ކައުންސިލް މެންބަރު ވަފިއްޔާ އިބްރާހީމް ކަރަންޓްގައި ޖެހުމުގެ ސަބަބުން މާލެ ގެނައުމާ އެކު، އޭނާގެ ހާލު ބައްލަވާލެއްވުމަށް މިނިސްޓްރީގެ މުވައްޒަފުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައި،" - އާދަމް ޝަރީފް

މާލެ އަށާއި ރާއްޖޭގެ ގިނަ ރަށްރަށަށް އިއްޔެ ކުރި ބޯ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ސަރުކާރުން ވަނީ ގެއްލުންވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފައްޓަވައިފައެވެ.

މާލެ އިން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓް ލިބުނު ކަމަށާއި އޭގެ ތެރެއިން 554 ފަރާތަކުން އެހީ އަށް އެދުނީ ވެލިބަސްތާ ޖެހުމަށް ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވިއެވެ. އަދި 53 ގެއެއްގެ ރެޕިޑް އެސެސްމެން ހަދާފައިވާ ކަމަށް ވެސް އެމްއެންޑީއެމްއޭ އިން ވިދާޅުވިއެވެ.

"މީގެތެރެއިން 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދެވިފައިވޭ، " - އެމްއެންޑީއެމްއޭ 

މި ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފ. ނިލަންދު އާއި ކ. ހިންމަފުއްޓަށް ކަމަށް ވެސް އެ އިދާރާއިން ހާމަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު