ENGLISH
21 އޭޕްރީލު 2025
ކަރަންޓުގައި ޖެހުނު ހިންމަފުށީ ކައުންސިލް މެމްބަރު ފަރުވާއަށް ފަހު ދޫކޮށްލައިފި
04 ޖެނުއަރީ 2025
|
އިއްޔެ ކުރި ބޯ ވިއްސާރައިގައި ކ. ހިންމަފުށީ ކައުންސިލް އިދާރާ އަށް ފެންވަދެގެން ލިބުނު ގެއްލުންތަކުން ސަލާމަތްކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު އެ ރަށު ކައުންސިލް މެމްބަރަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގައި ޖެހުނު ހިންމަފުށީ ކައުންސިލްގެ ހަމައެކަނި އަންހެން މެމްބަރު ވަފިއްޔާ އިބްރާހީމް ކަރަންޓުގައި ޖެހުމުން އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ. އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.
ރާއްޖެ އަަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވި ރަށްރަށުގެ ތެރޭގައި ހިންމަފުށި ހިމެނެއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވި ގޮތުގައި ހިންމަފުށީގައި 60 ޕަސެންޓަށް ފެންބޮޑުވި އެވެ. ފެން ހިންދުމަށް ހިންމަފުށީގެ އެކި ދިމަދިމާލުން ވަނީ ކޯރު ކަނޑައިފައެވެ.