ENGLISH
21 އޭޕްރީލު 2025
ފެން ހިންދުމުގެ މަސައްކަތް ކުރިއަށް، މާލޭގެ ބައެއް ގޭގެއިން މީހުން ބަދަލުކުރަނީ
03 ޖެނުއަރީ 2025
|
މޯލްޑިވްސް ނެޝެނަލް ޑިފެންސް ޕޯސް (އެމްއެންޑީއެފް)އިން މާލޭގައި ފެން ހިނދަނީ. ހިންދުމުގެ މަސައްކަތް މިއަދު ކުރަނީ-- ފޮޓޯ/އެމްއެންޑީއެފް
މިއަދު މެންދުރު ކުރިން ފެށިގެން އިރުއޮއްސުމާ ހަމައަށް މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތް ކުރާތީ، ފެން ވަދެ ބޮަޑަށް ގެއްލުންވި ގޭގޭގެ މީހުން އެހެން ތަންތަނަަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝެނަލް ޑިޒާސްޓަރ މޭނޭޖުމަންޓް އޮތޯރިޓީ (އެންއެމްޑީއޭ)އިން ވިދާޅުވެއްޖެއެވެ.
އެމްއެމްޑީއޭއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ވިއްސާރައާ ގުޅިގެން އެހީ ހޯދުމަށް 400 ކޯލް މިއަދު ލިބިފައިވެއެވެ. އެސެސްމެންޓް ހެދުމަށްފަހު 35 ގެއެެއްގެ މީހުންނަށް އެހީ ފޯރުކޮށްދިނުމާއި، އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭ ގޭގޭގެ މީހުން ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރައްވަމުން ކަމަށް އެންއެމްޑީއޭއިން ވިދާޅުވިއެވެ. އެމްޑީއޭއިން ވިދާޅުވީ ފެން ވަންނަ ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރައްވަމުން ގެންދްވާ ކަމަށެވެ.
މިއީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވި ދުވަހެވެ. މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ މާލޭގެ ތިން ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވެފައިވާ ގޮތުގައި މިރޭ 10:00 އާ ހަމައަށް ގާތްގަނޑަކަށް 10،000 ޓަނުގެ ފެން މާލެއިން ބޭރުކޮށްފައިވެއެެވެ.
ފެން ހިންދުމުގެ މަސައްކަތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްޓީސީސީން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މާލޭގައި މިއަދު ވެސް އެންމެ ބޮަޑަށް ފެން ބޮޑުވީ މާފަންނު ކޮޅުގައެވެ. އައިޖީއެމްއެޗް ސަރަހައްދުގައި ކަކުލާއި ހަމައަށް ފެންބޮޑުވި އެވެ. ވެސްޓްޕާކު ސަރަހައްދުގެ ވަރަށް ގިނަ ގޭގެއަށް ފެންވަދެފައިވެއެވެ. ފެން ވަނުމުގެ ސަބަބުން މާފަންނުކޮޅުގެ ވަރަށް ގިނަ ފިހާރަތައް ވެސް ބަންދުކުރިއެވެ.
ފެންބޮޑުވުމުގެ ސަބަބުން މާލެ ހުއްޓުމަކަށް އައިއިރު، މިއަދު މެންދުރު ފަހު އުމްރާގެ އަޅުކަމުން އެނބުރި އައި ވަރަށް ގިނަ މީހުނާއި ވައިގެ މަގުން މާލެ އައި ވަރަށް ގިނަ ބަޔަކު ދުއްވާ އެއްޗެއް ނުލިބުމުގެ ސަބަބުން ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގައި ތާށިވިއެވެ. އެމްއެންޑީއެފް އާއި އެމްޓީސީސީން ވަނީ އެއާޕޯޓުން މީހުން އުފުލުމުގައި އެހީތެރިކަން ފޯރުކޮށްދީފައެެވެ. އެެމްޓީސީސީން ވިދާޅުވި ގޮތުގައި މިރޭ 1:00 ޖަހަންދެން އެއާޕޯޓުން މީހުން އުފުލުމަށް ބަހުގެ ހިދުމަތް ދެމުންގެންދާނެއެވެ.
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން، އެމްޓީސީސީގެ ބަހުގެ ޚިދުމަތް ވެސް މިއަދު މެދު ކަނޑާލިއެވެ. ފެން ބޮޑުވުމުގެ ސަބަބުން ޓެކްސީތަކަށް ގެއްލުންވާނެތީ، ޓެކްސީކުރަން ނުކުތް މީހުން މަދުވުމުން ޓެކްސީއެއް ހޯދުން ވެސް މިއަދު ނާދިރު ކަމަކަށްވިއެވެ.
ވެހިކަލް ދުއްވުމުން، ގޭގެއަށް ބޮަޑަށް ފެންވަންނާތީ، ކޮންމެހެން ދަތުރުކުރަން މަޖުބޫރުވެގެން ނޫނީ ހަތަރު ފުރޮޅުލީ ވެހިކަލް ނުދުއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސް ކުރެއްވިއެވެ.
މޫސުމާ ބެހޭ އިދާރާއިން ވިދާޅުވި ގޮތުގައި މާލެ އަށް 24 ގަޑިއިރު ތެރޭގައި 160 މިލިލީޓަރުގެ ވާރޭ ވެހުނުއިރު، ހަވީރު 5:00 އިން 6:00 އަށް އެކަނި 60 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ޑިސެމްބަރު މަހު ފަހުކޮޅު މާލެ އަށް އެންމެ ބޮަޑަށް ވިއްސާރަކުރި ދުވަހު ވެހުނީ 136.5 މިލިމީޓަރުގެ ވާރެއެވެ.