ENGLISH

21 އޭޕްރީލު 2025

Advertisement

ހުޅުމާލޭގެ މަގުތަކަށް ގެނައި ބަދަލުތަކާއެކު އެކްސިޑެންޓްތައް މަދުވެއްޖެ: ފަޞީޙް

03 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙު އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި

ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމާއެކު ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުވެއްޖެ ކަމަށް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙު ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަޙްމަދު ފަޞީޙު ވިދާޅުވީ ރާއްޖެ އަމާންކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރެވެމުންދާ ކަމަށާއި ވަކިން ޚާއްސަކޮށް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި މި މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމަށެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއްވެ ޓްރެފިކް މައްސަލަތަކަށް ވަރަށް ބޮޑެތި ޙައްލުތަކެއް ލިބިގެންދާ ކަމަށް ވެސް ފަޞީޙު ވިދާޅުވިއެވެ.

"ބައްލަވާ ހުޅުމާލޭގެ ހެނދުނު އޮފީހަށް އެންމެ ބޭފުޅުން ވަޑައިގަންނަވާ ގަޑީގައި އަޅުގަނޑުމެން ނިރޮޅު މަގާއި ބޮޑެތި މަގުތަކުގައި މި ގެންނަ ބަދަލުތަކުގެ ސަބަބުން ނޫނީ އެތަނަށް ފުލުހުން އިތުރުކޮށް މީހުންނަށް ރައްކާތެރިކަމާއެކު، ފަސޭހަކަމާއެކު، ދަތުރުކުރެވޭނެ ގޮތަށް އެތަން ބަދަލުކޮށްލުމާއި، ޚާއްސަކޮށް ބްރިޖާ ގުޅުންހުރި ޓްރެފިކް ލައިޓްތައް ކައިރީގައި އަޅުގަނޑުމެން ފުލުހުން ތިބެގެން، މި ކުރާ ކުރުމުގައި އެ އަންނަ ޓްރެފިކްގެ ފްލޯ ވަރަށް ބޮޑަށް އަޅުގަނޑުމެން ރައްޔިތުންނަށް އެބަ ފަސޭހަކޮށްލަދެން. މިކަމުގެ ސަބަބުން ހަމަ ކުރިއާ ބަލާއިރު އެކްސިޑެންޓްތައް މަދުވެ، މީހުންނަށް ރައްކާތެރިކަން އިޙްސާސްކުރެވޭކަން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ. " - ފަޞީޙު 

ހުޅުމާލޭގެ އާބާދީ މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވުމުން މާލެ އާއި ހުޅުމާލެއާ ދޭތެރޭގައި ދަތުރުކުރާ މީހުން ގިނަވެފައިވަން ފަޞީޙު ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން މި އަހަރު ރިޕޯޓުކުރެވިފައިވާ އެކްސިޑެންޓްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް ފަޞީޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު