ENGLISH
21 އޭޕްރީލު 2025
މަގުތައް ޢާންމު ހާލަތަކަށް އަންނަންދެން ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި
03 ޖެނުއަރީ 2025
|
މިއަދު މާލެއަށް ކުރަަމުންދާ ވިއްސާރާގައި މަޖީދީމަގުގައި ފެންހެދިފައި-- ފޮޓޯ/އެމްއެމްޓީވީ
މެދުނުކެނޑި މާލެ އަށް ގިނައިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަންނަމުންދާތީ، މަގުތައް ޢާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުފަހަރު މަަގުތަކުގައި ނުދުއްވުމަށާއި، ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން އިލްތުމާސްކުރައްވައިފިއެވެ.
އިރުއޮއްސި 6:30 ގައި ފުލުހުން، ރަތްކުލައިން "ސަމާލު!" ލިޔުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މަގުމަތީގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަނުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ. ފުލުހުން އަންގަވާފައި ވަނީ މަގުތައް ޢާންމު ހާލަތަކަށް އަންނަންދެން، ހަތަރު ފުރޮޅުލީ ވެހިކަލް ނުދުއްވާ އެއްބާރުލުން ދެއްވުމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ގެއްލުންތައް ދަނީ ލިބެމުންނެވެ. ބައެއް ރަށްރަށަށް އުދައެރުމުގެ ސަބަބުން ވެސް ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.