ENGLISH

21 އޭޕްރީލު 2025

Advertisement

މެދުނުކެނޑި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ

03 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ.. ފޮޓޯ: އެމްއެންޑީއެފް

މިއަދު މެންދުރުން ކުރިން ފެށިގެން މެދުނުކެނޑި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، މާލޭގެ ތިން ސަރަހައްދެއްގައި 11 ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުންނެވެ. ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ މާލޭގެ މާފަންނު ސަރަޙައްދުގައެވެ.

ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައިގައި އުދައެރުމާއި ފެން ބޮޑުވުމުގެ ގިނަ ހާދިސާތައް ވަނީ ހިނގާފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި، ށ. ނަރުދު އާއި ރ. އިނގުރައިދުއަށް ވަނީ އުދަ އަރާފައެވެ. އެ ދެ ރަށުގެ ތެރެއިން ވެސް ނަރުދު އަށް ރޭ ދަންވަރު އާދަޔާ ހިލާފަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

މި ދުވަސްވަރުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވާންވާނެއެވެ. އަދި އެންމެ ބުއްދިވެރިގޮތަކީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު