ENGLISH

21 އޭޕްރީލު 2025

Advertisement

ރަށްރަށުގައި މަޝްރޫޢުތައް ހިންގަން އިންޑިއާއާ އެކު ސޮއިކޮށްފި

03 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރާ ބައްދަލުކުރެއްވުމުގެ ތެރެއިން....

ރާއްޖޭގެ ރަށްރަށުގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ހިންގުމަށް އިންޑިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާރަންލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްއާ އެކު ބޭއްވި ބައްދަލުވުމުގައި، ތަރައްޤީ އާއި އިޤްތިޞާދީ، ސަލާމަތާއި މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. 

އިންޑިއާ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަޝްރޫޢުތައް ހިންގަައިފައެވެ.

 އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓް.

ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް އިންޑިއާގައި ތިން ދުވަސް ހޭދަކުރައްވާނެ އެވެ. 

ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާ އިން ވެދޭ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ވަޒީރު ޚަލީލް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެ ކުރިން، އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު