ENGLISH
21 އޭޕްރީލު 2025
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފި
03 ޖެނުއަރީ 2025
|
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން އޮރެންޖް އިންޒާރު ނެރެފިއެވެ.
ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، މިއަދު މެންދުރު ފަހުން ފެށިގެން ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާ ރަށްތަކަށް، ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް ބޮޑަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމާއި އުދައެރުމުގެ ހާދިސާތައް ވަނީ ހިނގައި، ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފަ އެވެ. މިދިޔަ 24 ގަޑީރު ތެރޭގައި ވެސް ރާއްޖޭގެ ތިން ރަށަކަށް އުދަ އަރާފައިވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބައެއް ފްލައިޓްތައް ޖައްސަން އުނދަގޫވެ، ކޮންމެވެސް ވަރެއްގެ ޑިލޭތަކެއް އުޅޭނެ ކަމަށް އެމްއޭސީއެލް އިން ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އަށް އިއްޔެ އިރުވައި މޫސުން ފަށާފައިވާ އިރު އިރުވައިގެ ހަޅަވެސް ވަނީ ޖަހަން ފަށައިފައެވެ. ފުރަހަޅަ ނަކަތް ނިމޭނީ މި މަހު 18 ގަ އެވެ.