ENGLISH

21 އޭޕްރީލު 2025

Advertisement

މޫސުން ގޯސްވެ 6 ރަށެއްގައި ފެންބޮޑުވެއްޖެ

03 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހަ ރަށެއްގައި ފެން ބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވި ގޮތުގައި ހަ ރަށެއްގައި ފެން ބޮޑުވެ، ގޭގެއަށް ފެންވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. 

ރެއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވެހެމުންދާ ބޯ ވާރޭގެ ސަބަބުން ފެން ބޮޑުވެ ބައެއް ރަށްތަކަށް އުދަ އަރާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެފައިވެއެވެ.

ވާރޭ ވެހި ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާ ރަށްތަކަކީ ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. ނިލަންދޫ އަދި ފ. މަގޫދޫއެވެ. އަދި އުދައަރައިގެން ރިޕޯޓްކޮށްފައި ވަނީ ށ. ނަރުދޫ އަދި ރ. އިނގުރައިދޫއިންނެވެ.

އެއްވެސް ގެއަކުން މީހުން ނެރެންޖެހޭފަދަ ހާލަތަކަށް ގޮސްފައިނުވި ނަމަވެސް ދ. ކުޑަހުވަދޫ އާއި ދ. މީދޫގައި ފެން ބޮޑުވެ 10 ވަރަކަށް ގެއަށް ފެންވަދެގެން ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު