ENGLISH

21 އޭޕްރީލު 2025

Advertisement

ނަރުދޫއަށް ވަރަށް ބޮޑަށް އުދައަރާ ރަށުގެ ބޮޑުބައެއްގައި ފެން ބޮޑުވެއްޖެ

03 ޖެނުއަރީ 2025

|

ޢަލީ ޝާހީން

އެމްއެންޑިއެފް ނޮދަން އޭރިއާ ކޮމާންޑުން ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

ށ. ނަރުދޫއަށް ވަރަށް ބޮޑަށް އުދަ އަރައި އެރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެއެވެ. 

ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ށ. ނަރުދު އަށް އާދަޔާ ޚިލާފަށް އުދަ އަރައި، ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ބުރޫއަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. 

މަޢުލޫމާތު ލިބޭ ގޮތުގައި، އުދަ އެރުމުގެ ސަބަބުން ގާތްގަނޑަކަށް 12 ވަރަކަށް ގެއަށް ފެން ވަދެފައިވެއެވެ. އަދި ފާއިތުވި ތިން ރޭ އުދައެރުމުގެ ސަބަބުން މުޅިރަށުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. 

ނަރުދޫއަށް އުދަ އަރާފައި --- ފޮޓޯ: ނަރުދޫ އެމްވީ

އާއްމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ނަރުދޫއަށް ވަރަށް ބޮޑަށް ރާޅު އާރަފައިވާ މަންޒަރު ފެނެއެވެ. އަދި ރާޅު އަރާ ކަކުލާ ހަމައަށް ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް އާއްމުވެފައި ވެއެވެ.

އެމްއެންޑިއެފް ނޮދަން އޭރިއާ ކޮމާންޑުން ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

ނަރުދޫގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު