ENGLISH
25 ނޮވެމްބަރު 2024
ދަނޑުވެރިޔާ އެޕް: ދަނޑުވެރިންނަށް މުހިންމު މައުލޫމާތާއި ޚިދުމަތްތަކެއް އެއްތަނަކުން
15 އޮކްޓޯބަރު 2024
|
އެންމެ މަޤްބޫލު
ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތުތަކެއް އެއް ތަނަކުން ލިބޭ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ. 'ދަނޑުވެރިޔާ އެޕް' ތައާރަފްކޮށްދެއްވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙުމޫދު ޝައުޤީއެވެ. މިއެޕް ތައާރަފްކޮށްފައިވަނީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޕެނަލް ޑިސްކަޝަންގައެވެ. ދަނޑުވެރިޔާ އެޕަކީ 2023ވަނަ އަހަރު އިފްތިތާހުކޮށްފައިވާ ވެބް އެޕްލިކޭޝަނެކެވެ. އެހެންނަމަވެސް މިހާރު މިވަނީ މި އެޕްލިކޭޝަން މޯބައިލް ފޯނުންވެސް ބޭނުންކުރެވޭގޮތަށް ހަދާފައެވެ. މި މަސައްކަތްތައް ކުރިއަށްގެންދަނީ އިފާޑުގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމުގެދަށުންނެވެ. އަދި މިއެޕްލިކޭޝަންގެ މަސައްކަތް އެއްކޮށް ނިންމަން ޖެހެނީ 2025ވަނަ އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށެވެ. އަދި މިއާއެކު މި އެޕްލިކޭޝަނުން ލިބޭ ޚިދުމަތްތައްވެސް ވަނީ އިތުރުކޮށްފައެވެ.
ބަޔަކު ދަނޑުގެ ފަސްގަނޑު ޖަހަނީ
* ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން* ކްރޮޕް ޕްލޭން: ގަސް އިންދާ ހެއްދުމުގައި އެކި މަރުހަލާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ އިރުޝާދު، އެވަގުތެއް ކައިރިވުމުން އޮޓޮމެޓިކުން ފޯރުކޮށްދެވޭނެ ނިޒާމު * ދަނޑުވެރިކަމުގެ އެކި މައްސަލަތަކުގައި ފަންނީ މަޝްވަރާތައް ކުރުމަށާއި، ހައްލުތައް ހޯދުމަށް ކޮމިއުނިޓީ ފޯރަމެއް* ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް، ދަނޑުވެރިންނާއި ގަންނަ ފަރާތްތައް ގުޅުވާލަދިނުމަށް މަރކެޓު ޕްލެޓު ފޯމެއް * ބާޒާރުގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ހިއްސާކުރުން
މިއެޕްލިކޭޝަންގައި ހުންނަ ފަންނީ މައުލޫމާތުތައް ހުރިހާ ފަރާތްތަކަށްވެސް ފެންނާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ. އަދި އެޕްލިކޭޝަންގެ ފޯރަމު އަދި ދަނޑުވެރި ބާޒާރުގެ ޚިދުމަތް ލިބޭނީ އީފާސް މެދުވެރިކޮށް ލޮގްއިން ކުރައްވައިގެން ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.