ENGLISH
21 އޭޕްރީލު 2025
އިބްރާހިމް ޙުސައިން ޒަކީގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ޢާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި
03 ޖެނުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާ ފޮނުވާފައިވަނީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވަނީ މަރުޙޫމާ ޙުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރުކޮށް ދެއްވުންއެދި ދުޢާ ކުރައްވާފައެވެ.
މަރުޙޫމާ ޙުސްނާ މޫސާ އަކީ ހިތްހެޔޮ މަޑުމައިތިރި، މަޖާ މިޒާޖެއްގެ ބޭކަނބަލެކެވެ. އުމުރުން 78 އަހަރުގައި ހުސްނާ މޫސާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ.
މަރުޙޫމާ ހުސްނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.