ENGLISH

21 އޭޕްރީލު 2025

Advertisement

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެންފި

03 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ހާރިޖީ ވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު --- ފޮޓޯ:އައިއޭއެންއެސް

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ވަޑައިގެންފިއެވެ.

ވަޒީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތުރުގެ ތެރެއިން އިންޑި އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށާ އަދި ރައްޔިތުންގެ ލާބައަށް، އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ދަތުރާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ ނިއުދިއްލީއަށް ވަޑައިގެންނެވީ، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު އާ ބައްދަލުކުރެއްވުމަށްކަމަށެވެ.

މީގެ ކުރިން އިންޑިއާ ސަރުކާރުގެ ދައުވަތަކަަށް ފުރަމާނަ ދަތުރުފުޅެއްގައި ހަތަރު ދުވަހަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ އިންޑިއާއަަށް ވަޑައިގަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް, ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން އަދި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގަތެވެ.

މި ދަތުރުފުޅުގައި ހާރިޖީ ވަޒީރު އިންޑިއާގައި ތިންދުވަސް ހޭދަކުރައްވާނޭކަމަށް މައުލޫމާތު ލިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު