ENGLISH
05 ޖުލައި 2025
ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މަޖީދީ މަގުން ބަންދުކުރި ސަރަހައްދު މަރާމާތަށް ފަހު ހުޅުވާލަނީ
02 ޖެނުއަރީ 2025
|
މަޖީދީ މަގުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ އެއް ސަރަހައްދު ކަމަށްވާ ޗާންދަނީ މަގުން ފެށިގެން ރައްދެބައި މަގާ ހަމައަށް އޮތް ސަރަހައްދު ބޮޑެތި މަރާމާތު ތަކަކަށްފަހު، ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
އެމްއެމްޓީވީ އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މަޖީދީ މަގުގެ ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ހޮޅިތަކާ ކޭބަލްތައް ވަޅުލުމާއި މަގު ލެވެލް ކުރުމުގެ މަސައްކަތް ކަމަށެވެ.
މޫސުންތަން ނުދިނުމުގެ ސަބަބުން މި މަސައްކަތް ފުރިހަމަ ކުރުމަށް ވަނީ ބައެއް ކަހަލަ ގޮންޖެހުން ދިމާވެފައި ކަމށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި މޫސުން ތަންދޭނަމަ، އާ އަހަރުގެ ބަންދަށް ފަހު ސަރުކާރު ހުޅުވެންވާއިރަށް މަގުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މި މަސައްކަތް ފަށާފައިވަނީ މާލެ ސިޓީގެ މަގުތަކުގައި ހަލާކުވެފައިވާ ސަރަހައްދުތައް ދެނެގަތުމަށް، ކުރި ސާވޭއިން ފާހަގަކުރެވުނު ސަރަހައްދުތައް ބްލޮކްތަކަކަށް ބަހާލައިގެން މަރާމާތުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން މީގެ ކުރިން ވަނީ ހަވީރީ ހިނގުމުގައި ހުރި އެފަދަ ސަރަހައްދުތައް މަރާމާތުކޮށް ނިންމައިފައެވެ.