ENGLISH

05 ޖުލައި 2025

Advertisement

މާދަމާ އަކީ ޢުމްރާވެރިން އެނބުރި ރާއްޖެ އަންނަ ދުވަހަށްވާތީ، ފުރާ މީހުން ދުރާލާ އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

02 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގެ އިންޓަނެޝަނަލް ޓާމިނަލް ސަރަހައްދު: މާދަމާ ގިނަ ބަޔަކު އުމްރާއިން އެނބުރި އަންނާނެ.

މާދަމާ އަކީ ގިނަ އަދަދެއްގެ ބަޔަކު ޢުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ ދުވަހަށްވާތީ، ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން މާދަމާ ފުރާ ދަތުރުވެރިން ތިން ގަޑިއިރު ކުރިއަށް ފުރަން ދިއުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއޭސީއެލް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އުމްރާއަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނާނެތީ މާދަމާ އެއާޕޯޓުގެ މަގުތަކާއި އިންޓަނެޝަނަލް ޓަރމިނަލް ސަރަހައްދުގައި ބާރުބޮޑުވެދާނެ ކަމަށް ބެލެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް އެއާޕޯޓު މުވައްޒަފުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އެމްއޭސީއެލްއިން އިލްތިމާސް ކުރައްވައެވެ. 

ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ވެސް މިކަމަށް ސަމާލުކަން ދެއްވާ އެއްބާރުލުން ދެއްވުމަށް އެމްއޭސީއެލްއިން އިލްތިމާސް ކުރައްވަައެވެ.

ސްކޫލް ބަނދާ ދިމާކޮށް ހަ ހާހަށްވުރެ ގިނަ މީހުން މި ޑިސެމްބަރު މަހު އުމްރާގެ އަަޅުކަން އަދާކުރުމަށް އެކި ދުވަސް މަތިން ރާއްޖެ އިން ފުރިއެވެ. ކުރިއަށް އޮތް ދެ ދުވަހު ވެސް އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެނބުރި ރާއްޖެއަންނާނެ ކަމަށް ބެލެވެއެވެ. އަދި ސްކޫލް ބަންދާއި އާ އަހަރުގެ ބަންދަށް މާލެ އިން ބޭރަށް ދަތުރު ކުރި ގިނަބަޔަކު ވެސް ކުރިއަށް އޮތް ދެ ދުވަހު މާލެ އަންނާނެ ކަމަށް ބެލެވެއެވެ.

މި ދުވަސްވަރަކީ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ރާއްޖެ އަންނަ ދުވަސްވަރެކެވެ. އަދި ސްކޫލް ބަންދާއި އާ އަހަރާ ދިމާކޮށް އެތެރޭގެ އުދުހުންތައްވެސް ގިނަ ދުވަސްވަރެކެވެ. 

ކިޔުންތެރިންގެ ހިޔާލު