ENGLISH
05 ޖުލައި 2025
އެންސީއައިޓީ އަށް ޑިޖިޓަލް ސާވިސް ސްޕެޝަލިސްޓަކު ހޯދަނީ
02 ޖެނުއަރީ 2025
|
އެންސީއައިޓީ އޮފީސް އިމާރަތް --- ފޮޓޯ: ޕީއެސްއެމް
ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަށް ޑިޖިޓަލް ސާވިސް ސްޕެޝަލިސްޓަކު ހޯދަން އިއުލާންކޮށްފިއެވެ.
ޑިޖިޓަލް ސާވިސް ސްޕެޝަލިސްޓްގެ މުސާރައިގެ ގޮތުގައި މަހަކު 25،300 - 36،000 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. މުސާރަ ކަނޑައަޅާނީ ތަޖުރިބާ އާއި ތައުލީމީ ފެންވަރަށް ބެލުމަށް ފަހު އެވެ.
ޑިޖިޓަލް ސާވިސް ސްޕެޝަލިސްޓްގެ ޒިންމާތަކުގެ ތެރޭގައި ހޯމް މިނިސްޓްރީ މެދުވެރިކޮށް އެންސީއައިޓީ އިން ކުރިއަށް ގެންދާ ޑިޖިޓަލް ޑިވެލޮޕްމަންޓް އެކްޝަން ޕްލޭން ތަންފީޒު ކުރަމުން އަންނަނީ ސަރުކާރުގެ ނޭޝަނަލް ރެސިލިއެންސް އެންޑް ރިކަވަރީ (އެންއާރު) ޕްލޭނާއި އެއްގޮތަށްތޯ ބެލުން ހިމެނެއެވެ. އޭގެ އިތުރުން އެންސީއައިޓީގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީއެމްޔޫ) ސެޓަޕް ކުރުމާއި، އެ ޔުނިޓްގެ މަސައްކަތްތައް މިނިސްޓަރަށް ރިޕޯޓް ކުރުމާއި މިނިސްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ޖީޑީއެސްގެ މަސައްކަތްތައް ފަރުމާކުރުމާއި ތަންފީޒުކުރުމާއި ހިންގުމުގެ އިންތިޒާމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި އެންމެ ރަނގަޅު އުސޫލުތަކާއި ލަފާތަކާ އެއްގޮތަށް މަސައްކަތްތައް ހިންގަމުން ދާކަން ކަށަވަރު ކުރުމަކީ ވެސް ޑިޖިޓަލް ސާވިސް ސްޕެޝަލިސްޓްގެ ޒިންމާއެކެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާ ސްޕެޝަލިސްޓްގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ޖަނަވަރީ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.