ENGLISH
05 ޖުލައި 2025
މިދިޔަ އަހަރު ފުލުހުންނަށް މައްސަލަތައް ރިޕޯޓު ކުރި އަދަދު ދަށަށް
02 ޖެނުއަރީ 2025
|
ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ
ވައްކަމާއި، ޚިޔާނާތާއި މަސްތުވާކެތީގެ މައްސަލަތައް މިދިޔަ އަހަރު ދަށަށް ދިޔަކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
2023 ވަނަ އަހަރު 3817 ވަށްކަން ރިޕޯޓް ކުރެވިފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު 3751 އަށް ވަނީ ދަށަށް ގޮސްފައެވެ. މީގެ އިތުރުން، ޚިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ކުރެވުނު ރިޕޯޓްތައް ވަނީ 758 އިން 654 އަށް ދަށްވެފައެވެ. އަދި ޑްރަގްސްގެ މައްސަލަތައް ވަނީ 1752 އިން 1662 އަށް ދަށްވެފައެވެ.
ނަމަވެސް، ޓްރެފިކް އެކްސިޑެންޓްތައް ރިޕޯޓް ކުރެވުނު އަދަދު ވަނީ 2300 އިން 2867 އަށް އިތުރުވެފައެވެ.
2024 ވަނަ އަހަރު ރިޕޯޓް ކުރެވުނު އިތުރު ކުށްތަކުގެ ތެރޭގައި،
ގެވެށި އަނިޔާ - 248 މައްސަލަ
ފޭރުން - 504 މައްސަލަ
ގެއްލުނު ތަކެތި - 1028 މައްސަލަ
ޖިންސީ ކުށްތައް - 316 މައްސަލަ
މާރާމާރީ ހިންގުން - 711
ޗެކް ބައުންސް - 7 މައްސަލަ
ވޭންޑަލިޒަމް - 665 މައްސަލަ
ކައުންޓަރފިޓް އަދި ފޯރޖަރީ - 166 މައްސަލަ
ކުށްތައް މަދުކުރުމުގެ ގޮތުން ފުލުހުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މި ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ. އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ވެސް ކުރަމުންނެވެ.