ENGLISH

05 ޖުލައި 2025

Advertisement

ތަރައްޤީވެފައިވާ ރާއްޖެއެއް މި ސަރުކާރުން ބިނާކުރާނެ: ޢަބްދުއްރަހީމް ޢަބްދުﷲ

02 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ޢަބްދުއްރަހީމް އަބްދުﷲ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި. --ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް އޮތް އަހަރުތަކުގައި އަމާން، ރައްކާތެރި އަދި ތަރައްޤީވެފައިވާ ރާއްޖެއެއް ބިނާކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުލްރަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމު ކުރެއްވުމަށް ރައީސް މުޢިއްޒު ދެއްވާ ޚާއްސަ އިސްކަމާ އެކު މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރެއްވުމަށާއި ކުށްކުރުން މަދުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މިހާރުގެ ސަރުކާރުން ޤާނޫނު އަސާސީ އަށާއި ޤަވާއިދުތަކަށް ގެންނަވާ އިސްލާހުތަކަކީ ރާއްޖެއަށާއި ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ލިބޭނެ ގޮތަށް މުސްތަޤުބަލަށް ވިސްނައިގެން ގެންނަވާ އިސްލާހުތަކެއް ކަމަށެވެ.

މީގެ އިތުރުން، އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާޢީ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު