ENGLISH

05 ޖުލައި 2025

Advertisement

އެނދި ޓިނު ބިލްޑިންގ ރޫޅާލައި، ބިން ސާފުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

02 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ޓިނު ބިލްޑިންގ ރޫޅާލައި ސައިޓް ސާފުކުރުމުގެ މަސައްކަތް ނުމުމަކާ ގާތަށް.-- ފޮޓޯ: ޢަހުމަދު ޢަބްދުﷲ، އެމްއެމްޓީވީ

އަލިފާނުގެ ހާދިސާގައި އެނދި ޓިނު ބިލްޑިންގ ރޫޅާލައި، ބިން ސާފުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ހުންނަ "ޓިނު ބިލްޑިންގ" ގައި ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަން އެއްކޮށް އަނދައި ހުލިވި އެވެ.

އެމްއެމްޓީވީއަށް މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓިނާއި ދަގަނޑުން ހަދާފައިވާ ބިލްޑިން ރޫޅާލައި ބިން ސާފުކުރަން ފެށީ، އަލިފާނުގެ ހާދިސާގެ ކަންކަން ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުން އައި ތަޖުރިބާކާރުން އެތަން ބަލައި ތަހުގީގަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި، ފޮޓޯތައް ނަގައި، ހެއްކަން ބޭނުންވާ ތަކެތި އެއްކޮށް ނިންމުމުންނެވެ. 

އެ އިމާރާތާ އެއް ކޮއްޓެއްގައި ހުރި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަމަންޓް އެންޑް އެނާޖީ ހިންގާ "ގްރީން ބިލްޑިންގ" ވެސް އަލިފާނުގައި އެނދި އެވެ.

ހަމަ އެ ބިމުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނަށް ވެސް މި އަލިފާން ފެތުރިގެން ގޮސް އިމާރާތްތަކާއި ގޯތިތަކާއި މީހުންގެ ރަޖިސްޓްރީ ފަދަ އެތައް ލިޔެކިޔުމެއް އަނދައިގެން ދިޔަ އެވެ.

ކިޔުންތެރިންގެ ހިޔާލު