ENGLISH

05 ޖުލައި 2025

Advertisement

އެންމެ ބޯކޮށް ވާރޭ ވެހުނީ ލ. މާވަށަށް، މޫސުމް އަލިވާން ފަށާނީ ހޮނިހިރުގެ ފަހުން

02 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ކޮޅިގަނޑެއްގައި އިއްޔެ ލ. މާވަށަަށް ބޯކޮށް ވާރޭ ވެހެނީ

ފާއިތުވި 24 ގަޑި އިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ލ. މާވަށަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.

މެޓުން ވިދާޅުވީ މި މުއްދަތުގައި މާވަށަށް 107.7 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.

މެޓުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އދ. މާމިނގިއްޔަށް 86.5 މިލިމީޓަރު، ހުޅުލެއަށް 73.0 މިލިލީޓަރު އަދި ހުޅުމާލެއަށް 70.9 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މީގެ އިތުރުން ވ. ރަކީދޫއަށް 61.9 މިލިލީޓަރު އަދި ލ. ކައްދޫއަށް 61.0 މިލިލީޓަރުގެ ވާރޭ ވެހުނެވެ.

މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެޓުން ވިދާޅުވީ އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ވިއްސާރަވެ، ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ކަމަށާއި، އެހެން ހިސާބުތަކަށް ވައިޖެހޭނީ އުތުރާއި އިރު އުތުރުން ކަމަށް މެޓްއިން ވިދާޅުވެފައިވެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެޓުން ވިދާޅުވި ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު