ENGLISH
05 ޖުލައި 2025
ރައީސް ބޭނުންފުޅުވާ ކަންކަން ކުރައްވަން މި އަހަރުގެ ބަޖެޓުގައި ދަތިކަމެއް ނޯންނާނެ: މަޖިލީހުގެ ރައީސް
02 ޖެނުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަންކަން ކުރައްވަން މި ފަހަރުގެ ބަޖެޓުގައި އެމަނިކުފާނަށް ދަތިކަމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިފަހުން ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި ރައީސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލައަކީ ނިމިގެން ދިޔަ އަހަރު ސަރުކާރުން ބޭނުންވި ގޮތަށް މަޝްރޫޢުތައް ކުރިއަށް ނުގެންދެވުމުގެ މައްސަަލަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ ގޮތަށް މަޝްރޫޢުތައް ކުރިއަށް ނުގެންދެވުނީ ކުރީ ސަރުކާރުން ބަޖެޓު ފާސްކޮށްފައި އޮތް ގޮތުން ކަމަށެވެ.
ދައުުލަތުގެ މީޑިއާ އިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަަބްދުއްރަހީމް ވިދާޅުވީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ތަރައްޤީޤެ މަޝްރޫޢުތަކަށް އަމާޒުކޮށްފައި އޮތް ބަޖެޓެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުން ބަޖެޓް ފާސްކޮށްދިނީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ މިސްރާބަށް ގައުމުގެ ތަރައްޤީ ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މަޝްރޫޢުތައް ހިންގާނެ އަހަރު ކަމަށެވެ.
"ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މަޝްރޫޢު ހިންގާނީ މި އަހަރު،" ޢަބްދުއްރަހީމް ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓުގައި ރައީސް މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށެވެ. އެކަމަށް ޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 4.8 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މި އަހަރަށް ފާސްކޮށްފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.