ENGLISH

05 ޖުލައި 2025

Advertisement

ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ކޯޓުން ދޫކޮށްލައިފި

02 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ހައްޔަރު ކުރި 3 މީހުން-ފޮޓޯ:ޕޮލިސް

އާ އަހަރާ ދިމާކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ބަނގުރަލުގެ މައްސަލައެއްގައި މާލެ ސަރަހައްދުން ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

މި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ސ. ހުޅުދޫ ޗާންދަނީގޭ އަހުމަދު އާނިޝް 22، އާއި އެ ރަށު ހެޕީޑްރީމް، އިބްރާހިމް އަކްމަލް އަބްދުއްސައްތާރު 19، އަދި  ގ. ރެއިންބޯ އިސްމާއިލް މާހީން މުސްތަފާ، 26، އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ބަނގުރާ، ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކު އެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

އެ މީހުން ދޫކޮށްލި ނަމަވެސް މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އާ އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް، ފުލުހުން މަސްތުވާ ތަކެއްޗާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު