ENGLISH
05 ޖުލައި 2025
ވަގަށް ނެގި ދެ މިލިއަން ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި
02 ޖެނުއަރީ 2025
|
މާލޭ ގެއަކުން އިއްޔެގެ ވަގުތެއްގައި ވަގަށް ނެގި ދެ މިލިއަން ރުފިޔާގެ އަގުބޮޑު ސާމާނުތަކެއް ފުލުހުން ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި ތަކެތި ވަގަށް ނެގީ ގަލޮޅުގެ ގެއަކުންކަމަށެވެ. ވަގަށް ނެގި ސާމާނުގެ ތެރޭގައި ކެމެރާ، ލެޕްޓޮޕް، ފޯނުފަދަ އިލެކްޓްރޯނިކް އާލާތްތަކާއި ގިނަ އަދަދެއްގެ ޑޮލަރު ވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.
އާ އަހަރުގެ ބަންދާ ދިމާކޮށް ޗުއްޓީއަށް ވަޑައިގަންނަވާ އިރު، ގޭގެ ރައްކާތެރިކަމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރައްވަަ އެވެ.