ENGLISH

05 ޖުލައި 2025

Advertisement

ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ހުރިހާ ކަމެއް ހުރީ ފާލުން ނެއްޓިފައި: އަބްދުއްރަހީމް އަބްދުﷲ

02 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރިހާ ކަމެއް ވެސް އޮތީ ފާލުން ނެއްޓިފައި ކަމަށާއި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާހަވާލުވި އިރު ހަމަޖެހުމާއި އިޖުތިމާޢީ ޢަދާލަތާއި އިންސާފު ޤާއިމްކުރުމުގެ ނިޒާމުތައް ވެސް އޮތީ ފެއިލްވެފައި ކަމަށެވެ.

"ހުރިހާ ކަމެއް އޮތީ ހަމައިން ނެއްޓިފައި ފާލުން ނެއްޓިފައި، އެއީ ރާއްޖޭގެ ދަރަނި ކަމަަށް ވިޔަސް އެއީ މާލިއްޔަތުގައި ހުރި ފައިސާ ކަމަށް ވިޔަސް އަދި އެއީ މަގުމަތީގެ ހަމަޖެހުމަށް ބެލިކަމަށް ވިޔަސް އިޖްތިމާއީ އަދާލަތުކަމަށް ވިޔަސް އަދުލު އިންސާފު ގާއިމް ކުރުން ކަމަށް ވިޔަސް، ކޮންމެ ދާއިރާ އަކުން ބެލިޔަސް ރާއްޖެ އޮތީ ރައީސް ޑރ މުޢިއްޒު ހަވާލުވެވަޑާއިގެންނެވިއިރު ވަރަށް ބޮޑު ތަނުން ފެއިލް ވެފައި." - ޢަބްދުއްރަޙީމް ޢަބްދުﷲ  

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޗެއަރޕާސަންކަމުގެ މަޤާމު ވެސް އަދާކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، މި ދަތި ހާލަތުގައި ވެސް ރައީސް މުޢިއްޒުގެ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި މުހިންމު ކާމިޔާބީތަކެއް ހޯއްދާފައިވާ ކަމަށެވެ. އެގޮތުން އިޤްތިޞާދު ފުޅާކުރުމަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ އިތުރުން ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި މިހާތަނަށް ރާއްޖެއަށް ނާންނަ މިންވަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން ފަދަ ބޮޑެތި ކާމިޔާބީތައް ހޯއްދެވި ކަން އަބްދުއްރަހީމު ވަނީ ފާހަގަކުރައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި އަހަރަށް ފާސްކޮށްފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން، މަޝްރޫއުތައް ހިންގަން ދައްޗެއް ނުވާނެއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރު ވާނީ އެންމެ ގިނަ މަޝްރޫއު ހިންގާނޭ އަހަރަށެވެ.

ކިޔުންތެރިންގެ ހިޔާލު