ENGLISH

05 ޖުލައި 2025

Advertisement

ޚަރަދާ ގުޅުންހުރި ކަންކަމުގައި ސަރުކާރު ކުންފުނިތަކުން މާލީ ވުޒާރާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސަވައިފި

01 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ސަރުކާރުގެ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކުރުމާއި ލޯނު ނެގުން ހިމެނޭހެން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އަށް ބަދަލު ގެންނަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ ނެރުނު ސާރކިއުލަރއެއްގައި ވިދާޅުވީ، މި ބަދަލުތައް ގެންނަން ނިންމީ އެ ބޯޑުން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ސާރކިޔުލަރގައި ވިދާޅުވެފައިވާ ގޮތުގައި ކުރިން ހަމައެކަނި ޕީބީސީން ހުއްދަ ހޯދައިގެން ކުރެވޭ، ގައިޑްލައިންގައި ބުނެފައިވާ ކަންކަން މީގެ ފަހުން ކުރެވޭނީ މާލީ ވުޒާރާއިން ހުއްދަ ހޯދައިގެންނެވެ. އެ ކަންތައްތަކުގެ ތެރޭގައި އެކި ކަންކަމަށް އިންވެސްޓުކުރުމާއި ލޯނު ނެގުމާއި، ކުންފުނީގެ އިދާރީ އަދި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމާއި މުވައްޒަފުންނަށް ބޯނަސް ދިނުން ހިމެނެއެވެ.

ސާރކިޔުލަރ އާއެކު މާލީ ވުޒާރާއިން ހުއްދަ ހޯދުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންތަކެއް ވެސް ޕީސީބީން ނެރެފައިވެއެވެ. ގައިޑްލައިންތަކާއި ބަދަލުތައް ހިނގާނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ލިސްޓެޑް ކުންފުނިތައް ނޫން އެހެން ވިޔަފާރިތަކަށެވެ.

ފީސީބިގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތަނުގައި ލޯނެއް ނެގުމުގެ ކުރިން ލޯނު ދޫކުރާ އެއް ފަރާތަށް ވުރެ ގިނަ ފަރާތް ދިރާސާކޮށް ޓެކްނިކަލް ކަރުދާހެއް އެކުލަވާލަން ޖެހޭނެއެވެ. އަދި  ކުންފުނިތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަށް ކޮންމެ ފަސް އަހަރަކުން، ހިއުމަން ރިސޯސް ނީޑްސް އެސެސްމަންޓެއް ހަދަން ޖެހޭނެއެވެ. އޭގެ އިތުރުން، ކުންފުނިތަކަށް ނަގާ މުވައްޒަފުންގެ އަސާސީ ޝަރުތުތައް ޕީސީބީން އެކުލަވާލާ ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކާ އެއްގޮތްކުރަން ވެސް ޕީސީބީން ކުންފުނިތަކަށް އަންގާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު