ENGLISH

05 ޖުލައި 2025

Advertisement

އެމްއެމްޕީއާރްސީގެ "ދަ ވޯލްޑް ބިގަސްޓް ގިވްއަވޭ" މިއަދު ރަސްމީކޮށް ފަށައިފި

01 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ފޮޓޯ: އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން އިންތިޒާމުކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ކެމްޕެއިން "ދަ ވޯލްޑްސް ބިގަސްޓް ގިވްއަވޭ" މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތް އިއުލާނު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު ލަންޑަނުގައި ބޭއްވި ޑަބްލިއުޓީއެމް ފެއާގެ ތެރެއިންނެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ "ވޯލްޑްސް ބިގަސްޓް ގިވްއަވޭ" ކެމްޕެއިން އިފްތިތާހު ކުރުމުގެ ހަފްލާގައި. -ފޮޓޯ:އެމްއެމްޕީއާރުސީ

ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ މަހަކު ބާއްވާ މި މުބާރާތްތަކުގެ ނަސީބުވެރި ފަރާތްތަކަށް ކޮންމެ ހަފްތާއަކު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން ޖުމްލަ 52 ޗުއްޓީ ދަތުރު ދިނުމަށް ހަމަޖެހިފައިކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ކޮންމެ މުބާރާތެއްގައި ވެސް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި، ޤުދުރަތީ ރީތިކަމުން ފެށިގެން ރާއްޖޭގެ މުއްސަނދި ސަގާފަތާއި ކަނޑުގެ ތަފާތު ދިރުންތައް ފަދަ އެކިއެކި ކަންކަމަށް އަލިއަޅުވާލާނެއެވެ. އަދި ލަގްޒަރީ، ފެމިލީ، ޑައިވިން އަދި އެހެނިހެން ހިތްގައިމު ތަފާތު ސެގްމެންޓްތަކަށް އަލިއަޅުވާލާނެއެވެ.

"ދަވޯލްޑްސް ބިގެސްޓް ގިވްއަވޭ" ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ސޯޝަލް މީޑިއާގެ ޒަރީއްޔާއިން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުގުވެރިކުރުވުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުން ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތު ހިތްގައިމުކަން ދެނެގަނެ، ލިބޭ ތަފާތު ތަޖުރިބާތައް ހިއްސާކޮށް، ރާއްޖެ އަކީ އަހަރުގެ ކޮންމެއިރަކު ވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުން ވެސް ހިމެނެއެވެ. އަދި ރާއްޖެއަކީ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެގޮތުގައި ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އަގުހުރި މައުލޫމާތުތައް މި ހަރަކާތުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.

ރާއްޖޭގެ ހިތްގައިމު ރިސޯޓެއް

އެމްއެމްޕީއާރުސީން ވިދާޅުވީ، އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ރާއްޖެއަށް ލިބިފައިވާ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު ދެމެހެއްޓުމަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު