ENGLISH

05 އޭޕްރީލު 2025

Advertisement

މި އަހަރުގެ ފުރަތަމަ ފަތުރުވެރިއަކީ 11 ފަހަރު ރާއްޖެ ޒިޔާރަތްކުރި މީހެއް

01 ޖެނުއަރީ 2025

|

ހަސަން އާމިރު

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ (ކ) އާއިލާއާ އެކު. --ފޮޓޯ:ވީއައިއޭ

މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ 11 ފަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވާ މީހެއް ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވިދާޅުވެއްޖެއެވެ.

އަހަރުގެ ފުރަތަމަ ފަތުރިވެރިޔާގެ ގޮތުގައި ރާއްޖެ ޒިޔާރަތްކުރި ސްޕޭނުގެ ރައްޔިތެއް ކަމަށްވާ ލުއިސް އަކީ 11 ފަހަރު ރާއްޖެ ޒިޔާރަތްކޮށް، ރާއްޖެއާ ދެމެދު ޚާއްސަ ލޯތްބެއް އޮތް މީހެއް ކަމަށް ވީއައިއޭ އިން ވިދާޅުވިއެވެ. 

ރާއްޖޭގެ ގޮނޑުދޮށާއި ދިވެހިންނަށް އޮތް ލޯތްބާ އެކު ލުއިސް އަށް ރާއްޖެއަކީ އޭނާގެ ދެވަނަ ގައުމު ކަހަލަ ތަނެއް ކަމަށާއި އަދި އެ އޭނާގެ ހިތުގައި ރާއްޖެއަށް އުފެދިފައި ވަނީ ހާއްސަ ގުޅުމެއް ކަމަށް ވެސް ވީއައިއޭ އިން ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ ފަތުރުވެރިއާއާ އެކު އޭނާގެ އަންހެނުންނާއި ދަރިފުޅު ވެސް ރާއްޖެ އައިސްފައިވާ ކަަމަށެވެ. އެ އާއިލާ އަށް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ނިމިގެން ދިޔަ 2024 ވަނަ އަހަރަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. މިދިޔަ އަހަރު ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު