ENGLISH
28 ޖުލައި 2026
ޑިފެންޑަރު ސްޓޯންސް އިންޓަރ މިލާނަށް ބަދަލުވަނީ
28 ޖުލައި 2026
|
ސިޓީއަށް ކުޅުނު އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް، އިޓަލީގެ އިންޓަރ މިލާނާ ގުޅުމަށްޓަކައި ކުރިއަށްދާ މަޝްވަރާތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އޭނާ އެ ކުލަބާ ގުޅުމަށް ހަމަޖެހިފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
އުމުރުން 32 އަހަރުގެ ޑިފެންޑަރު މެންޗެސްޓަރ ސިޓީއާއެކު ހަދާފައި އޮތް އެއްބަސްވުން ވަނީ މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައެވެ.
ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކަކުން ސްޓޯންސް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި ޗެލްސީ އާއި ޔުވެންޓަސް ފަދަ މަޝްހޫރު ކުލަބުތައް ހިމެނެއެވެ.
ނަމަވެސް އިޓާލިއަން ލީގުގެ ޗެމްޕިއަން ޗެމްޕިއަން އިންޓަރ މިލާނުން ސްޓޯންސްއާއެކު ކުރި މަޝްވަރާތައް ކާމިޔާބު ކަމަށް ރިޕޯޓުތައް ބުނެއެވެ. އިނގިރޭސި ޕްރިމިއަރ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސްޓޯންސް އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު އެންމެ ބޮޑީ އިންޓަރ މިލާން ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަވެ.
2016 ވަނަ އަހަރު 47.5 މިލިޔަން ޕައުންޑަށް އެވަަޓަންއިން މެންޗެސްޓަރ ސިޓީއަށް ބަދަލުވި ސްޓޯންސް ވަނީ އެ ޓީމަށް ޖުމްލަ 295 މެޗު ކުޅެދީފައެވެ.
ސިޓީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް ހަ ޕްރިމިއަރ ލީގު، ޗެމްޕިއަންސް ލީގު، ދެ އެފްއޭ ކަޕް، ފަސް ލީގު ކަޕް، ތިން ކޮމިއުނިޓީ ޝީލްޑް، ކުލަބު ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކުރިން ބާންސްލީއަށްވެސް ކުޅުނު ޑިފެންޑަރު ވަނީ އިނގިރޭސި ޤައުމީ ޓީމަށް 93 މެޗު ކުޅެދީފައެވެ. އަދި ފީފާ ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޯދި އިނގިރޭސި ސްކޮޑުގައިވެސް އޭނާ ހިމެނުނެވެ.