ENGLISH
27 ޖުލައި 2026
ގިނަ އަދަދެއްގެ ބަޔަކާއެކު "މިނިވަން ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި
27 ޖުލައި 2026
|
"މިނިވަން ރަން" ގެ ތެރެއިން - ފޮޓޯ: ތަރިކައާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން "މިނިވަން ރަން" ނަމުގައި ދުވުމެއް ބާއްވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި ހަރަކާތަކީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި "ވީރަން މޯލްޑިވްސް" ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ.
މިހަރާކާތް ފައްޓަވައި ދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ވީރަން މޯލްޑިވްސް ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެމިލީ ރޫމް ހުރި ސަރަހައްދުން ފެށި މި ދުވުމަކީ 5 ކިލޯމީޓަރުގެ ދުވުމެކެވެ.
މިއީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި އެއްބައިވަންތަކަން އާލާކޮށްދިން ވަރަށް ޚާއްޞަ ހަރަކާތެކެވެ.އަދި މިއީ މިނިވަންކަމުގެ އުފާ ފާޅުކުރުމުގެ ގޮތުންނާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި އާންމު ފަރާތްތަކާ ގުޅިގެން ފުރިހަމަ ސިއްޙަތަކާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
މިނިވަން ރަން ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މި ރަންގައި ބައިވެރިވި ދުވުންތެރިންނަށް ހާއްސަ ބެޖެއްވެސް ވަނީ ދީފައެވެ. ވީރަން މޯލްޑިވްސްއިން އަންނަ އަހަރު ރާއްޖޭގެ އެހެން ސިޓީތަކަށް މި ހަރަކާތް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
މިނިވަން ރަންގައި ބައިވެރިވެ 5 ކިލޯމީޓަރުގެ ދުވުން ނިންމި ކޮންމެ ބައިވެރިއަކަށް، މިނިވަން ރަންއާ ގުޅޭ ޚާއްޞަ ބެޖެއް ދީފައިވެއެވެ. މި ބެޖު އެފަރާތްތަކަށް ހަވާލުކޮށްދެއްވީ ވަޒީރާއި ވީރަން މޯލްޑިވްސްގެ ފަރާތުންނެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ވީރަން މޯލްޑިވްސް ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ފެމިލީ ރޫމް ހުރި ސަރަހައްދުން ފެށި މި ދުވުމަކީ 5 ކިލޯމީޓަރުގެ ދުވުމެކެވެ.
މިއީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި އެއްބައިވަންތަކަން އާލާކޮށްދިން ވަރަށް ޚާއްޞަ ހަރަކާތެކެވެ. އަދި މިއީ މިނިވަންކަމުގެ އުފާ ފާޅުކުރުމުގެ ގޮތުންނާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި އާންމު ފަރާތްތަކާ ގުޅިގެން ފުރިހަމަ ސިއްޙަތަކާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.