ENGLISH

28 ޖުލައި 2026

Advertisement

މިރޭގެ ވަގުތުތަކުގައި ވެސް އުދައަރާނެ ކަމަށް ލަފާކޮށް ހުދުސަމާލު ނެރެފި

27 ޖުލައި 2026

|

އާމިނަތު އިބްރާހިމް

ބޯކޮށް ވާރޭ ވެހުނު ދުވަހެއް - ފޮޓޯ: އެޓޯލް ޓައިމްސް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިރޭގެ 10:00 ފެށިގެން ދަންވަރު 2:30 ހަމައަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށެވެ.

މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އެހެންނަމަވެސް، ވައި ބާރުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރު ފޯރަމުންދާ ކަން ފާހަގަކޮށް، އެ އިދާރާއިން ބުނީ މިގޮތަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ރާއްޖެއާއި ތަންކޮޅެއް ދުރުން ބޮޑެތި ބާނިތަކެއް އުފެދިފައި ހުރުން ކަމަށެވެ.

ބާނިތަކުގެ މިސްރާބު ހުރީ ރާއްޖޭގެ އިރުމައްޗަށްވާ ގޮތަށް އިރުދެކުނަށެވެ. އަދި ހުޅަނގު ބިތުގައި ބާނީގެ މިސްރާބު ބޮޑަށް ހުރީ ހުޅަނގު ދެކުނަށެވެ. ރާއްޖެއާ ކައިރިވާ ވަރަކަށް ދެ ފަރާތުން އަންނަ ބާނީތައް ބޮޑުވުމުގެ ސަބަބުން އުދައިގެ ނުރައްކާ އިތުރުވެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކާ ދިމާކޮށް އުދަ އެރުމުގެ ފުރުސަތު އޮތުމުން، ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެހެލާފައިވާ ދޯނިތަކުގެ އިތުރުން ހިފާގެންގުޅޭ ސާމާނަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށްވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު