ENGLISH
26 ޖުލައި 2026
"މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބޭރުގެ އިއްޒަތްތެރިން ބައިވެރިވާ މިނިވަންދުވަސް"
26 ޖުލައި 2026
|
މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
މިއަދު ފާހަގަކުރަމުންދަނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބޭރުގެ އިއްޒަތްތެރިން ބައިވެރިވާ މިނިވަންދުވަސް ކަމަށް ރައީސުލްޖުމްހޫރޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަރަބި އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހަރުދަނާކޮށް އިތުރަށް ބަދަހިކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ މިނިވަންދުވަހުގެ ރަސްމީ އިހުތިފާލުތައް ފުރިހަމަކޮށްދެއްވުމަށް ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑޮކްޓަރ މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު ވަޑައިގެންދެއްވުމަކީ މިކަމުގެ ހެއްކެއްކަމަށެވެ.
މިނިވަންދުވަހުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ، ރައީސް މުއިއްޒުގެ ދައުވަތަކަށް، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުންނެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިހުތިފާލުތަކުގައި ދިވެހި ސަރުކާރުގެ ހާއްސަ މެހުމާނެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑޮކްޓަރ ހަލީލުއްރަހުމާން ވެސް ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސް ވަނީ މި ދެބޭފުޅުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުހަބާ ވިދާޅުވެފައެވެ.
"މީގެ އިތުރުންވެސް 43 ގައުމަކުން އަދި އދ. ގެ ފަސް އޭޖެންސީއަކާއެކު 113 ޑިޕްލޮމެޓުން މިފަހަރުގެ މިނިވަންދުވަހުގެ އިހުތިފާލުތަކުގައި އެބަ ބައިވެރިވެވަޑައިގަންނަވާ، މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބޭރުގެ ފަރާތްތައް ބައިވެރިވޭ މިނިވަންދުވަސްކަން ފާހަގަކޮށްލަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަމުންވެސް ދޭހަކޮށްދެނީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީކަމަށެވެ. ރައީސް ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ދޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަަދާކުރައްވާފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިއުލާނުކުރެއްވިފަދައިން އަދާ ހަމައަށް އެމަނިކުފާނު ތަންފީޒުކުރައްވަމުން ގެންދަވަނީ ތިލަފަތްހަމަ ތަފާތުކުރުމެއް ނެތް ހާރިޖީ ސިޔާސަތެކެވެ. އެއީ ރާއްޖެއާ އެއްކޮޅު ހާރިޖީ ސިޔާސަތެކެވެ. އެގޮތުގެ މަތިން ދިވެހިރާއްޖޭގެ ސިޔާދަތަށް އިހުތިރާމުކުރާ ކޮންމެ ގައުމަކާއެކު ގާތްކަން ބާއްވާނެކަމަށް ވިދާޅުވިއެވެ. ތިލަފަތްހަމަ ހާރިޖީ ސިޔާސަތުގެ ތެރެއިން އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ރާއްޖެ ޒިމާވި ބޮޑެތި އެތައް މައްސަލައަކަށް ޑިޕްލޮމެސީގެ އުސޫލުން ހައްލު ހޯއްދަވާދެއްވާފައެވެ.