ENGLISH
25 ޖުލައި 2026
400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރިކޯޑު ރިހާން އައުކޮށްފި
25 ޖުލައި 2026
|
400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރިކޯޑު އައުކުރި މުޙައްމަދު ރިހާން ޝިހާމް --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން
އެންމެ މަޤްބޫލު
ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރިކޯޑު މުޙައްމަދު ރިހާން ޝިހާމް އައުކޮށްފިއެވެ.
މި ރިކޯޑު އޭނާ އައުކުރީ ބަހްރެއިނުގައި މިދިޔަ ޖޫން މަހުގެ 12 އިން ފެށިގެން ކުރިއަށްދިޔަ ބަހްރެއިން ކަޕް 2026 ގައެވެ. އެ މުބާރާތުގައި ރިހާން ރިކޯޑު އައުކޮށްފައިވަނީ ފަސް މިނެޓު 11.03 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި ރިކޯޑު މީގެ ކުރިންވެސް އޮތީ ރިހާންގެ އަތުގައެވެ. އެއީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސް ގައި ފަސް މިނެޓު 14.03 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.