ENGLISH
25 ޖުލައި 2026
ކީޕަރު ޝަފީއުވެސް ވިކްޓްރީއަށް
25 ޖުލައި 2026
|
އޮޑި ސްޕޯޓްސް ކުލަަބަށް ކުޅުނު ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) --- ފޮޓޯ: އޮޑި ސްޕޯޓްސް
އެންމެ މަޤްބޫލު
މިދިޔަ ސީޒަނުގައި އޮޑި ސްޕޯޓްސް ކުލަަބަށް ކުޅުނު ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވެސް ކުރިއަށް އޮތް ސީޒަނަށް ވިކްޓްރީ ސްޕޯޓްސް ކުލަބަށް ބަދަލުވެއްޖެއެވެ.
ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަކުރަމުން އަންނަ ވިކްޓްރީން ވަނީ މިހާތަނަށް ހަތަރު ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ ކީޕަރު ޝަފީއު އާއި، އޭނާއާ އެކުގައި އޮޑި ސްޕޯޓްސްއަށް ކުޅުނު ޤައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ޤައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.
ވިކްޓްރީއާ ގުޅުނު ޤައުމީ ފުޓްބޯޅަ ޓީމުގައިވެސް ހިމެނޭ ކީޕަރު ޝަފީއު، އޮޑި ސްޕޯޓްސްއަށް ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ. މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޮޑި ސްޕޯޓްސްއިން، އަލަތު ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދޭން ޕެނަލްޓީ ޝޫޓްއައުޓުގައި ކީޕަރު ޝަފީއު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
މީގެ އިތުރުން އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ކުލަބު ވެލެންސިއާ، ކުލަބު އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ހިމެނެއެވެ.