ENGLISH
25 ޖުލައި 2026
ކުޅިވަރުގެ ފަސްޓް އެއިޑް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
25 ޖުލައި 2026
|
ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިންގ ކޯސް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއެމްއޭއެމް) ގުޅިގެން ކުރިއަށްގެންދިޔަ "ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިންގ ކޯސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކޯސް ކުރިއަށްދިޔައީ މި މަހުގެ 22 އިން 24 ގެ ނިޔަލަށެވެ.
ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިންގ ކޯސް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
މި ކޯހުގައި ޖުމްލަ 19 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައެވެ. ކްލާސްރޫމް ސެޝަންތަކާއި އަމަލީ ތަމްރީނުތައް ހިމެނޭހެން ކުރިއަށްގެންދިޔަ މި ކޯހުގައި ކުޅިވަރުގެ ފަސްޓް އެއިޑް، އަނިޔާތައް ދެނެގަތުން، ކުއްލި ހާލަތްތަކުގައި އިޖާބަދޭނެ ގޮތް، އަދި ސްޕޯޓްސް ޓޭޕިންގއާ ގުޅޭ މުހިންމު ތަމްރީނުތައް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ކޯހުގައި ކިޔަވައިދެއްވީ އެސްއެމްއޭއެމްގެ ފަރާތުން ޑރ. އަޙްމަދު ޝަކީބާއި، އިކްރާމް ހަމީދެވެ. މި ދެ ބޭފުޅުން ވަނީ ކުޅިވަރުގެ ބޭސްފަރުވާއާ ގުޅޭ ދާއިރާއިން ބައިވެރިންގެ އިލްމީ މައުލޫމާތާއި އަމަލީ ހުނަރުވެރިކަން އިތުރުކޮށްދެއްވުމަށްޓަކައި އެ ބޭފުޅުންގެ މުއްސަނދި ތަޖުރިބާތައް ހިއްސާކުރައްވާފައެވެ.