ENGLISH

24 ޖުލައި 2026

Advertisement

ކަނޑު މަގުން ރާއްޖެ އެތެރެކުރި ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

24 ޖުލައި 2026

|

އައިމިނަތު ޝަފާ

ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި.

ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.  

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ހިންގުނު އޮޕަރޭޝަނެއްގައިކަމަށެވެ. 

މި އޮޕަރޭޝަނުގައި ޖުމްލަ 3.1 ކިލޯއަށް ވުރެ ގިނަ ސިންތެޓިކް ކެތިނޯން އަތުލައިގެންފައިވާއިރު އެތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރައެވެ. 

މި ތަކެތި އަތުލައިގެންފައިވަނީ މާލެ ކޮމާޝިއަލް ހާބަރުންނެވެ.

މިދިޔަ ހޮނިހުރުދުވަހުވެސް ކަސްޓަމްސްއިން ވަނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މި އޮޕަރޭޝަނުގައި އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު