ENGLISH

24 ޖުލައި 2026

Advertisement

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވާލަނީ

24 ޖުލައި 2026

|

އައިމިނަތު ޝަފާ

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކޮށްފައި. އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވާލަން އެމްޓީސީސީން ވަނީ ނިންމާފަ. ފޮޓޯ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ހަވީރު ހުޅުވާލަން ނިންމާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އެމްއެމްއޭއާ ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދެވެ. ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދި ކުދި މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މާލޭ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގައި ގަސް އިންދުމުގެ ޙަރަކާތެއްވެސް އިއްޔެ ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މާލެ ނޯތު ހާބަރާއި ހަމައަށް މުޅިއަކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.

މިއީ، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން އެމްއެމްއޭ ސަރަހައްދާއި ހަމައަށް އަލަށް ނިމިފައިވާ ސަރަހައްދު ފެހިކޮށް ޒީނަތްތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހަމައެހެންމެ، 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފައްޓަވައިދެއްވި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ބޮޑުތަކުރުފާނު މަގުގެ މި ބައި ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު