ENGLISH
24 ޖުލައި 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
24 ޖުލައި 2026
|
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗްއެމ26ް) ގެ އެކްސްލޫސިވް ބޭންކިން ޕާޓްނަރުގެ ގޮތުގައި އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ދުވުން ބާންވަން ހަމަޖެހިފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހުއެވެ. ދެ ހާހަށްވުރެ އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ އަށް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއާ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައް ހިމެނެއެވެ.
މި ދުވުމުގެ ހަރަކާތުގެ އިތުރުން އައިރަނާސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ރަނިން ޓްރެކް ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް 11 އިން 13 އަށެވެ. އެމްއެޗްއެމ26ް އަށް ރަޖިސްޓާކޮށްގެން ލިބޭ ފައިސާގެ ތެރެއިން ބައެއް ޕްރޮޓެކްޓް ދަ ރީފް ކެމްޕޭންގެ ދަށުން މިއަހަރު އެ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ސޭވް ދަ ބީޗް އަށް ހަދިޔާކުރާނެއެވެ.