ENGLISH

23 ޖުލައި 2026

Advertisement

ޙޫޘީން ސަޢޫދީއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

23 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ޚާރިޖީވުޒާރާ، ފޮޓޯ: ޕީއެސްއެމް

ޙޫޘީން ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށް ސަޢުދީ ސަރުކާރުން އެކަމާ ގުޅިގެން ނެރުނު ބަޔާނަށް ފުރިހަމައަށް ތާއީދުކޮށްފިއެވެ. 

މިއަަދު ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ސަޢުދީ ސަރުކާރުން އެ މައްސަލާގައި ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރިއެވެ. 

ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޙޫޘީންވަނީ ސަޢުދީ ސަރުކާރުން ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައެވެ. އަދި ޔަމަނުގެ ދާޚިލީ ކަންކަމަށް ސަޢުދީ ސަރުކާރުން ނޭދެވޭ ނުފޫޒު ފޯރުވަމުންދާކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. 

އެކަމާ ގުޅިގެން ސަޢުދީ ސަރުކާރުން ނެރުނު ބަޔާނުގައި ޔަމަނުގެ ރައްޔިތުން ހާލަތުގައި ޖެއްސުމަށް ސަޢުދީ ސަރުކާރުން މަސައްކަތްކުރާ ކަމަށް ކުރާ ތުހުމަތުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ސައުދީ އަރަބިއްޔާއިން ނެރުނު ބަޔާނަށް ފުރިހަމައަށް ތާއީދުކޮށްފައިވެއެވެ. 

އަދި ޔަމަނުގެ ރައްޔިތުން އުުފުލަމުންދާ ތަކުލީފުތަކަށް ހައްލުތަކެއް ހޯދައިދިނުމަށްޓަކައި ޔަމަނުގެ ގާނޫނީ ސަރުކާރާއި އދގެ އިދާރާތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ފުރިހަމައަށް ބަލައިގަންނަކަމަށް ހާރިޖީވުޒާރާއިން ބުނެފައިވެއެވެ. 

އިތުރަށް ހާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރީ ޔަމަނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން އަދާކުރާ މުހިއްމު ދައުރެވެ. 

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން އާކޮށް، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު