ENGLISH
23 ޖުލައި 2026
އެއިޓީން ތާޓީ ކްލަސިކް: ސްޓެލްކޯ އާއި އެޗްޑީސީ ފައިނަލަށް
22 ޖުލައި 2026
|
އެއިޓީން ތާޓީ ކްލަސިކުގައި ސްޓެލްކޯ އާއި ޕްރިޒަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް 2026 ގެ ފައިނަލަށް ސްޓެލްކޯ ރެކްރިއޭޝަން ކުލަބާއި، ކުލަބު އެޗްޑީސީ ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ސްޓެލްކޯއިން ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކުލަބު އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ސްޓެލްކޯގެ ލަނޑުތައް ޖަހައިދިނީ އާމިނަތު މައިހާ މޫސާ، ޝަހުލާ ތައުފީގު އަދި މަރިޔަމް ވިޝާޔާ ވިލްދާނެވެ.
އެއިޓީން ތާޓީ ކްލަސިކުގައި އެޗްޑީސީ އާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ފައިނަލަށް އެޗްޑީސީ ދަތުރުކުރީ މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަތުން 5-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އެޗްޑީސީގެ އާމިނަތު ރިސާލާ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ފިރުޝާނާ ނަސީރު އަދި ފާތިމަތު ޝާލިޔާއެވެ. އަދި އެސްޓީއޯގެ ފަދުވާ ޒާހިރު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގައި އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ އައިޝަތު ޝަފްނާ، ސުމައްޔާ ބިންތި އަބްދުލް ހަމީދު އަދި ފަދުވާއެވެ.
މި މުބާރާތުގެ ފައިނަލުގައި ސްޓެލްކޯ އާއި އެޗްޑީސީ ބައްދަލުކުރާއިރު، އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރޭ 20:45 ގައެވެ.