ENGLISH

23 ޖުލައި 2026

Advertisement

ލޯނު އުސޫލުން ޗެލްސީގެ ގާނާޗޯ އެސްޓަން ވިލާއަށް

22 ޖުލައި 2026

|

އިސްމާއިލް ޝާހު

ޗެލްސީއަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް އެލެހަންޑްރޯ ގާނާޗޯ --- ފޮޓޯ: ގެޓީ

ޗެލްސީއަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް އެލެހަންޑްރޯ ގާނާޗޯ، އަންނަ ސީޒަނުގެ ނިޔަލަށް ލޯނު އުސޫލުން އެސްޓަން ވިލާއަށް ބަދަލުވުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ލޯނުގެ މުއްދަތު ހަމަވުމުން އޭނާ ދާއިމީކޮށް ގަތުމަށް ވިލާއަށް މަޖުބޫރުވާނެއެވެ.

އުމުރުން 22 އަހަރުގެ ގާނާޗޯ މިހާރު ވަނީ ބާމިންހަމްގައި މެޑިކަލް ފުރިހަމަކޮށްފައެވެ. އަދި ލޯނު އެއްބަސްވުން ދާއިމީ އެއްބަސްވުމަކަށް ބަދަލުވާ ހާލަތުގައި، ވިލާ ޕާކުގައި ހަތަރު އަހަރު ދުވަހުގެ މަގާމެއްގައި ހުރުމަށް އޭނާ ވަނީ ކުރިއާލާ އެއްބަސްވެފައެވެ.

ގާނާޗޯ ދާއިމީކޮށް ގަތުމަށް މަޖުބޫރުވާ މާއްދާގެ ތަފްސީލު ދެ ކުލަބުންވެސް ހާމަކޮށްފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އަންނަ ސީޒަނުގައި ގާނާޗޯ ކުޅޭ މެޗުތަކުގެ އަދަދަށް ބަލައި އެ މާއްދާ ތަންފީޒުވާނެއެވެ. ޗެލްސީން ގަބޫލުކުރާ ގޮތުގައި މި ޝަރުތުތަކަކީ ފަސޭހައިން ހަމަވާނެ ކަންކަމެވެ. އަދި އޭނާގެ އަގުކަމަށް ކަނޑައަޅާފައިވާ 43 މިލިޔަން ޕައުންޑް އެ ކުލަބަށް ލިބޭނެއެވެ.

ޗެލްސީ ދޫކޮށްލަން ގާނާޗޯ ނިންމާފައި މިވަނީ، ރިކޯޑު އަގެއް ކަމަށްވާ 117 މިލިޔަން ޕައުންޑަށް އެސްޓަން ވިލާގެ މޯގަން ރޮޖާސް ޗެލްސީއަށް ސޮއިކުރުމާ ގުޅިގެންނެވެ. ގާނާޗޯ ވެގެންދާނީ ޔޯހަން މަންޒަމްބީ، ޔޮއާވް ގޯމޭޒް އަދި މޮޑޫ ކެބާ ސީސޭއަށް ފަހު މި ސީޒަނުގައި ވިލާއާ ގުޅުނު ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވިލާއިން ކުޅުންތެރިން ވިއްކައިގެން މިހާތަނަށް ގާތްގަނޑަކަށް 200 މިލިޔަން ޕައުންޑް ވަނީ ހޯދާފައެވެ. އެގޮތުން ޔޫރީ ޓީލަމެންސް، ޑޮންޔެލް މާލެން، އެންޒޯ ބަރެނޭޗިއާ އަދި ލޫއިސް ޑޮބިން ވަނީ އެ ކުލަބު ދޫކޮށް ގޮސްފައެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހު 40 މިލިޔަން ޕައުންޑަށް މެންޗެސްޓަރ ޔުނައިޓެޑުން ގެނައި ގާނާޗޯ ވިއްކާލަން ޗެލްސީން ބޭނުންވާއިރު، އޭނާ ވިއްކާލައިގެން ލިބޭ ފައިސާގެ 10 އިންސައްތަ ޔުނައިޓެޑަށް ލިބޭނެއެވެ. ޗެލްސީގައި ގާނާޗޯއަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އޭނާއަށް ކާމިޔާބުކުރެވުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ލަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު