ENGLISH

22 ޖުލައި 2026

Advertisement

މެކްސިކޯގެ މަޝްހޫރު ކީޕަރު އޮޗޯއާ ކުޅުން ހުއްޓާލައިފި

22 ޖުލައި 2026

|

އިސްމާއިލް ޝާހު

މި ފަހަރުގެ ވޯލްޑް ކަޕުގެ ތެރެއިން މެކްސިކޯގެ މަޝްހޫރު ގޯލްކީޕަރު ގިލްހާމޯ އޮޗޯއާ --- ފޮޓޯ: ރޮއިޓަރސް

މެކްސިކޯގެ މަޝްހޫރު ގޯލްކީޕަރު ގިލްހާމޯ އޮޗޯއާ، 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ކާމިޔާބު ކެރިއަރަކަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

އުމުރުން 41 އަހަރުގެ އޮޗޯއާ މިކަން ހާމަކުރީ އޭނާގެ ހަވަނަ ވޯލްޑް ކަޕަށްފަހު، އިއްޔެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އޮޗޯއާގެ ވަދާއީ މެޗަކަށްވީ، މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން މެކްސިކޯ މޮޅުވި މެޗެވެ. މި މެޗުގެ ފަހު 12 މިނެޓުގައި އޭނާ ކުޅެން އެރިއިރު، ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ލިބުނެވެ. އަޒްޓެކާ ސްޓޭޑިއަމަކީ 2004 ވަނަ އަހަރު "ކުލަބު އެމެރިކާ" އަށް އޭނާ ފުރަތަމަ ކުޅެދިން ދަނޑުވެސް މެއެވެ.

އޮޗޯއާ ސޯޝަލް މީޑިއާގައި ލިޔެފައިވަނީ، އޭނާ ކުޅުނު ކުލަބުތަކަށާއި ޤައުމީ ޓީމަށްޓަކައި އޭނާގެ ހުރިހާ ހަކަތައެއް ހުސްކޮށްލާފައިވާ ކަމަށާއި، މިއަދަކީ އޭނާގެ "އަންގި" ބާލާ ދުވަސް ކަމަށެވެ. 

އޮޗޯއާ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި މެކްސިކޯ ތަމްސީލުކުރީ 2006 ވަނަ އަހަރު ޖަރުމަނުގައެވެ. އޭގެ ފަހުން 2010، 2014، 2018، 2022 އަދި މި އަހަރުގެ ވޯލްޑް ކަޕް ހިމެނޭހެން ޖުމްލަ 6 ވޯލްޑް ކަޕެއްގައި އޭނާ ވަނީ ބައިވެރިވެފައެވެ. ވަކިން ޚާއްސަކޮށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ އޭނާ ދިފާއުކުރި ހަނދާންތަކަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

22 އަހަރުގެ ދިގު ކުލަބު ކެރިއަރުގައި އޮޗޯއާ ވަނީ ފްރާންސް، ސްޕެއިން، ބެލްޖިއަމް، އިޓަލީ އަދި ޕޯޗުގަލްގެ އެކި ކުލަބުތަކަށް ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު