ENGLISH

22 ޖުލައި 2026

Advertisement

އަސާސީ ބޭހުގެ ލިސްޓު މުރާޖައާކޮށް އަމަލުކުރަން ފަށަނީ

22 ޖުލައި 2026

|

އައިމިނަތު ޝަފާ

ބޭސް ފިހާރައެއް: ބޭސް ހޯދަން ގުޅަންޖެހޭ 1505 ހޮޓްލައިން އަދި އޮންލައިން ޕޯޓަލް މިހާރުވަނީ ތައާރަފުކޮށްފައި.

ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އެއަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. 

ފާމަސީ ތަކުގައި ބެހެއްޓުމަށް ލާޒިމް ކުރާ އަސާސީ ބޭހުގެ ލިސްޓު އެ އޮތޯރިޓީން ވަނީ އަދާހަމަކޮށްފައެވެ.

އެކަން އަންގައި އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ލިސްޓް ގިންތި ކުރެވިފައިވަނީ ދެ ގްރޭޑަކަށް ކަމަށާއި، އެހެންކަމުން ހުރިހާ ފާމަސީ އެއް ގައިވެސް އޮތޯރިޓީކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެކަމަށެވެ. 

މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެއެވެ. އަދި އަލަށް ހުޅުވާ ފާމަސީ ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީ ގައި ބަހައްޓަން ޖެހޭ ބޭސް ހަމަކުރުމުން ކަމުގައި އެމްއެފްޑީއޭއިން ބުންޏެވެ. 

ފާމަސީތައް ގިންތި ކޮށްފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ގައިޑްލައިން އެ އޮތޯރިޓީގެ ވެބްސައިޓުންނާއި، ސިއްހީ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލްއިން ފެންނަން ހުންނާނެކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު