ENGLISH

22 ޖުލައި 2026

Advertisement

ހިންމަފުށީގައި މާރާމާރީ ހިންގި މިސްރު ދެ މީހަކު ޑީޕޯޓްކުރަނީ

22 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ކ. ހިންމަފުށި - ފޮޓޯ: ފޮލޯމީ

ކ. ހިންމަފުށީގައި މާރާމާރީ ހިންގި މިސްރު ދެ މީހަކު ޑީޕޯޓްކުރަން މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅައިފިއެވެ. 

ފުލުހުން ބުނީ ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ 2 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 2 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބަލާފައެވެ. އަދި ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް އެ ޚިދުމަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަން އަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު