ENGLISH

22 ޖުލައި 2026

Advertisement

10 އަހަރުވީ ޤައުމީ ރިކޯޑެއް ސާރާ މުގުރާލައިފި

22 ޖުލައި 2026

|

އިސްމާއިލް ޝާހު

އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު މުގުރާލި ސާރާ މުޙައްމަދު --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު ސާރާ މުޙައްމަދު މުގުރާލައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގައި ސާރާ މި ރިކޯޑު މުގުރާލީ 35.75 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރިކޯޑު އެންމެ ފަހުން ހަދާފައިވަނީ އައިޝަތު ސާޖިނާއެވެ. އެއީ 2016 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގައި 37.17 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެނެވެ. އެހެންކަމުން ސާރާ މި ރިކޯޑު މުގުރާލާފައިވަނީ 10 އަހަރު ފަހުންނެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކުރިއަށްދާ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 28 ފެތުންތެރިން އަންނަނީ ވާދަކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު