ENGLISH

22 ޖުލައި 2026

Advertisement

ޖާސޫސްކުރުމުގެ މައްސަލައިގައި ސައުތެމްޓަންގެ ކޯޗުގެ މައްޗަށް ދައުވާ އުފުލައިފި

22 ޖުލައި 2026

|

އިސްމާއިލް ޝާހު

ސައުތެމްޓަންގެ ކޯޗު ޓޮންޑާ އެކާޓް --- ފޮޓޯ: ރޮއިޓަރސް

ޖާސޫސްކުރުމުގެ މައްސަލައިގައި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ސައުތެމްޓަންގެ ކޯޗު ޓޮންޑާ އެކާޓުގެ މައްޗަށް ދައުވާ އުފުލައިފިއެވެ. އިނގިރޭސި އެފްއޭއިން ތުހުމަތުކުރާ ގޮތުގައި، މިދިޔަ ސީޒަނުގައި އޮކްސްފޯޑް ޔުނައިޓެޑް، އިޕްސްވިޗް ޓައުން އަދި މިޑްލްސްބަރާއާ ދެކޮޅަށް ސައުތެމްޓަން ކުޅުނު މެޗުތަކުގެ ކުރިން، އެ ޓީމުތަކުގެ ފަރިތަކުރުންތައް ސިއްރުން ބެލުމަށް އޭނާ ވަނީ ހުއްދަދީފައެވެ.

މިދިޔަ މެއި މަހު މިނިވަން ޑިސިޕްލިނަރީ ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ރޭވުމަށް ހުއްދަދިން ކަމަށް އެކާޓް ވަނީ އިއުތިރާފުވެފައެވެ. މި މައްސަލައިގެ ސަބަބުން ސައުތެމްޓަން ވަނީ އީއެފްއެލް ޗެމްޕިއަންޝިޕުގެ ޕްލޭއޮފް ފައިނަލުން ވަކިކޮށްފައެވެ.

މި މައްސަލަ ތަހުގީގުކުރުމަށްފަހު، އިނގިރޭސި އެފްއޭގެ ގަވާއިދާ ޚިލާފުވި ކަމަށް ބުނެ، އަޚުލާގީ މައްސަލައެއްގައި އެކާޓުހެ މައްޗަށް މިހާރު ވަނީ ރަސްމީކޮށް ދައުވާ އުފުލާފައެވެ. މި ދައުވާތަކަށް ޖަވާބުދާރީވުމަށް އެކާޓަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މުހުލަތު ވަނީ ދީފައެވެ.

މިކަމާ ގުޅިގެން ސައުތެމްޓަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޗު އެކާޓާއި ކުލަބުން އިނގިރޭސި އެފްއޭއަށް ފުރިހަމައަށް އަދި ދެފުށް ފެންނަ ގޮތެއްގައި އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގަށް އެނބުރި ދިޔުމަށް ކުރާ މަސައްކަތުގައި، އެކާޓާއި އޭނާގެ ސްޓާފުންނަށް ކުލަބުގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ކަމަށްވެސް އެ ކުލަބުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު