ENGLISH
20 ޖުލައި 2026
ކުޅިވަރުގެ މާހައުލުގައި އެތުލީޓުންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
19 ޖުލައި 2026
|
ކުޅިވަރުގެ މާހައުލަކީ ކުޑަކުދިންނާއި އެތުލީޓުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކުޅިވަރުގެ މާހައުލަކީ ކުޑަކުދިންނާއި އެތުލީޓުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އާއި ވުޒާރާގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ)، އެޑްވޮކޭޓިން ފްރީ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި ޔުނިސެފް މޯލްޑިވްސްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި "ސޭފްގާޑިން" ނުވަތަ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭވުޒާރާއިން ބުންޏެވެ. ވަކިން ހާއްސަކޮށް، ކުޅިވަރުގެ ތެރޭގައި ކުޑަކުދިންނަށް ކުރިމަތިވެދާނެ ގޯނާތަކުން ސަލާމަތްކުރުމާއި (ޗައިލްޑް ސޭފްގާޑިންގ) އެތުލީޓުންގެ ރައްކާތެރިކަން (އެތުލީޓް ސޭފްގާޑިންގ) ކަށަވަރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުފައިވާކަމަށް ވުޒާރާއިން ބުންޏެވެ.
މި ބައްދަލުވުމުގައި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ކުޅިވަރު ކުޅޭ ކުދިންނަށް ރައްކާތެރި މާޙައުލެއް ގާއިމުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ހިޔާލު ބަދަލުކޮށްފައިވެއެވެ.