ENGLISH
20 ޖުލައި 2026
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
19 ޖުލައި 2026
|
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފެށުން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ކޯލް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ވުޒާރާއިން ބުނީ ކޯލް ސެންޓަރުގެ ހިދުމަތާއެކު ވުޒާރާއިން ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެކަމަށެވެ. މިގޮތުން އެފަރާތަކުން ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައިގެން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް މަގުފަހިވެގެން ދާނެކަމަށް ވުޒާރާއިން ބުންނެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިނަންބަރަށް ގުޅާ ހިދުމަތް ހޯދޭނެއެވެ. އޭގެ އިތުރަށް ބަންދުގަޑިތަކުގައިވެސް ހުދުމަތް ހޯދުމަށް މި ނަމްބަރު ބޭނުންކުރެވޭނެއެވެ.
މި ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާއިރު އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނެއެވެ.