ENGLISH

20 ޖުލައި 2026

Advertisement

ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

19 ޖުލައި 2026

|

އާމިނަތު ނުޒްލާ

ދ. ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ- ފޮޓޯ: ފުލުހުންގެ އިދާރާ

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މަހުގެ 16 ވަނަ ދުވަހު ނައްތާލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މިއަހަރުގެ އޭޕްރީލް 4 އިން ޖޫން 14 އަށް ހިނގާފައިވާ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތި ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. 

މި ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ޚާއްޞަ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުންޏެވެ. 

އަލަށް ގެނައި ބަދަލުތަކާއެކު، ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތީގެ ތެރެއިން ގާނޫނީ ގޮތުން ތަހުގީގަށް ބަހައްޓަންޖެހޭ ބައި ބެހެއްޓުމަށްފަހު، ބާކީ ހުރި ބައި ވީއެންމެ އަވަހަކަށް ނައްތައިލަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު